top of page

އަޅުގަނޑުމެން ޚިޔާރުކުރަންވީ ކީއްވެ؟

worksheet2.png

ނޫރާނީ ޤައިދާ . ތަޖުވީދު . ޙިފްޡު . ތަރުތީލު . ތަފްސީރު

އަޅުގަނޑުމެންގެ ކުލާސްތައް ތަރުތީބުކޮށްފައިވަނީ ޤުރުއާނުގެ ދެލިގަނޑު ފަރިތަކޮށްދިނުމުން ފެށިގެން ގޮސް، ތަފްސީރު ޢިލްމުން މިންވަރެއް ވެސް ދަސްކޮށްދޭ ގޮތަށެވެ. މީގެ އިތުރުން ތަޖުވީދާއި ފަރުވާތެރިކަމާ އެކު ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ޤުރުއާން ހިތުދަސްކޮށްދިނުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ.

worksheet.png

ދަސްކުރަން ފަސޭހަ ޑިޖިޓަލް ވަރކްޝީޓް

މިއީ ފޯނު ހެދޭ ގޮތަށް އަޅުގަނޑުމެންގެ މުދައްރިސުން ތައްޔާރުކުރާ ވަރކްޝީޓްތަކެކެވެ. މި ވަރކްޝީޓްތަކަކީ މުޤައްރަރުގެ ތެރެއިން ޙާސިލުކުރަން ބޭނުންވާ ކަންކަން ޙާސިލުކުރެވޭނެ ގޮތަށް އަދި ދަރިވަރުންނަށް ނަގައިގަންނަން ފަސޭހަ ގޮތަށް ފަރުމާކުރާ ފިލާވަޅުތަކެކެވެ. ކޮންމެ ވަރކްޝީޓެއް ވެސް ތައްޔާރުކުރާނީ އެ ޢުމުރުފުރާއަކާ ގުޅޭގޮތަށް ވަކި އުސްލޫބަކަށެވެ.

worksheet3.png

ކޮންމެ ކީ-ސްޓޭޖަކަށް ޚާއްސަ މުޤައްރަރެއް

އެހެން ޓިޔުޝަން ސެންޓަރުތަކާ ޚިލާފަށް އަޅުގަނޑުމެން ކިޔަވައިދެނީ ކޮންމެ ކީ-ސްޓޭޖެއްގެ ކުދިންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ވަކި ޚާއްސަ މުޤައްރަރަކަށެވެ. މި މުޤައްރަރަކީ ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށާއި ތަޖުވީދާއި ތަފްސީރާއި ޤުރުއާނީ އެހެނިހެން ޢިލްމުތައް ދަސްކޮށްދީ، ހިތްތަކުގައި ނެގެހެއްޓޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަރުބަވީ އޮނިގަނޑެކެވެ.

މުހިންމު މަޢުލޫމާތު

  • 01
  • 02
  • 03
  • 04
  • 05

ލިޔުންތައް

bottom of page